Wednesday, May 27, 2015

ޒުވާރި



ޒުވާރި
ޒުވާރި އަކީ ވެސް ދިވެހިންގެ ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރެވޭ ބާވަތެކެވެ.
އިގިރޭސި ނަން : Sweet corn
ޢިލްމީ ނަން : Zea Mays saccharata
ޒުވާރީގެ ކޮންމެ 100 ގްރާމް ގައި
އިގިރޭސި ނަން : Sweet corn
އަސާސީ މާއްދާތައް
ލޮނުގެ ބާވަތްތައް
ހަކަތަ
86 ކިލޯކެލަރީ
ސޯޑިއަމް
15 މިލިގްރާމް
ކާބޯހައިޑްރޭޓް
18.7  ގްރާމް
ޕޮޓޭސިއަމް
270 މިލިގްރާމް
ޕްރޮޓީން
3.27 ގްރާމް
މައުދަންތައް
ފެޓް
1.35 ގްރާމް
ކެލްސިއަމް
2 މިލިގްރާމް
ފައިބަރު
2 ގްރާމް
ކޮޕަރ
0.054 މިލިގްރާމް
ވިޓަމިން ތައް
ދަގަނޑު
0.52 މިލިގްރާމް
ފޮލިކް އެސިޑް
42 މައިކްރޯގްރާމް
މެގްނީޒިއަމް
37 މިލިގްރާމް
ނިއެސިން
1.7770 މިލިގްރާމް
މެންގަނީޒް
0.163 މިލިގްރާމް
ޕެންތޮނީކް އެސިޑް
0.717 މިލިގްރާމް
ސިލެނިއަމް
0.6 މައިކްރޯގްރާމް
ޕައިރިޑޮކްސިން
0.093 މިލިގްރާމް
ޒިންކު
0.46 މިލިގްރާމް
ރައިބޯފްލޭވިން
0.055 މިލިގްރާމް
ފައިޓޯނިއުޓްރިއެންޓް ތައް
ތިއެމިން
0.155 މިލިގްރާމް
ބީޓާ ކެރޮޓީން
47 މައިކްރޯގްރާމް
ވިޓަމިން އޭ
187 އައިޔޫ
އަލްފާ ކެރޮޓީން
16 މައިކްރޯގްރާމް
ވިޓަމިން ސީ
6.8 މިލިގްރާމް
ބީޓާ ކްރިޕްޓޯޒެންތިން
115 މައިކްރޯގްރާމް
ވިޓަމިން އީ
0.07 މިލިގްރާމް
ލޫޓީން ޒިއެޒެންތިން
644 މައިކްރޯގްރާމް
ވިޓަމިން ކޭ
0.3 މައިކްރޯގްރާމް



ޒުވާރިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
ހަޖަމު ރަގަޅުކޮށްދިނުން: ޒުވާރި އަކީ ކާނާގައި ހިމެނޭ ފައިބަރުން މުއްސަދި ބާވަތެކެވެ. ފައިބަރަކީ ހަށިގަނޑަށް ސަރުބީ ނެގުން ދަށްކޮށްދީ ބަނޑުހިކުމުން ދުރުކޮށްދޭ މާއްދާއެވެ. މިއީ ގޮހޮރުގެ ހަރަކާތްތައް އިތުރުކޮށްދީ، ބަނޑު ފަސޭހަކޮށްދޭ މާއްދާ އެކެވެ. އެހެންކަމުން ޒުވާރީގައި ފައިބަރު ހުރުމަކީ އެކަމުގެ ސަބަބުން އިރިޓަބަލް ބަވަލް ސިންޑްރޯމް އަދި ބޭރަށްހިންގުން ފަދަ ބަލިތައް މެދުވެރިވުން ކުޑަކޮށްދީ، ހަޖަމު ރަގަޅުކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ޒުވާރީގައި ފައިބަރު ހުރުމަކީ ބަނޑުހިކުމުން ދުރުކޮށްދިނުމާއެކު، ފުރަގަސް ފަރާތު ބަލީގެ އުދަނގޫތައް ކުޑަކޮށްދީ، ގޮހޮރުގެ ކެންސަރުން ރައްކާތެރިވުމަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ. 

ލޭމަދުވުމުން ރައްކާތެރިކޮށްދިނުން : ލޭމަދުވުމަކީ ދަގަނޑު އުނިވުން، ވިޓަމިން ބީ12 އުނިވުން، އަދި ފޮލިކް އެސިޑް މަދުވުމުން ވެސް ދިމާވެދާނެ ކަމެކެވެ. ޒުވާރީގައި ދަގަނޑާއި، ވިޓަމިން ބީ12 އަދި ފޮލިކް އެސިޑް އެކުލެވިގެންވުމަކީ، ޒުވާރި ބޭނުންކުރުމުން ލޭމަދުވުމުން ދުރުވެހުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ދަގަނޑަކީ ލޭގެ ރަތް ސެލްތައް އުފެއްދުމަށް ވެސް އެހީތެރިވެދޭ މާއްދާއެއްކަން ފާހަގަކޮށްލަން ޖެހެއެވެ. 

ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދިނުން : ޒުވާރި ބޭނުންކުރުމަކީ ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދޭ ކަމެކެވެ. އެއީ ޒުވާރީގައި ކާބޯހައިޑްރޭޓް ގިނަ އަދަދަކަށް އެކުލެވޭތީ އެވެ. އެއް ޖޯޑު ޒުވާރީގައި 29 ގްރާމްގެ ކާބޯހައިޑްރޭޓް ހުރެއެވެ. ކާބޯހައިޑްރޭޓް ގިނައިން ހުރުމަކީ އެކަމުގެ ސަބަބުން ކުޅިވަރުކުޅެ އުޅޭމީހުންނަށް އޭގެ މަންފާ ލިބިދޭ ކަމެކެވެ. އެހެނީ ހަކަތަ ގިނައިން ހުރުމަކީ އޭގެ ސަބަބުން ގިނަ ވަގުތު ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިނިޔަތުގައި ޒުވާރި ބޭނުންކުރުން އެދެވިގެންވަނީ ކުޅިވަރުކުޅެން ފެށުމުގެ ދެތިން ގަޑިއިރު ކުރިންނެވެ. 

ސަރުބީ ދަށްކޮށްދިނުން : ސަރުބީ އަކީ ފުރަމޭ އިން އުފައްދާ މާއްދާ އެކެވެ. ހަށިގަނޑުގައި ސަރުބީ(ކޮލެސްޓްރޯލް)ގެ މައިގަނޑު ދެވައްތަރެއް އުފައްދައެވެ. އެއީ ރަގަޅު ކޮލެސްޓްރޯލް އަދި ނުރަގަޅު ކޮލެސްޓްރޯލް އެވެ. ތެޔޮ ސަރުބީ ހުންނަ ކާތަކެތި ގިނައިން ކާނަމަ ނުރަގަޅު ކޮލެސްޓްރޯލް މަތިވެ، ހިތަށް ބާރުބޮޑުވެ، ހާޓް އެޓޭކް އަދި ސްޓްރޯކް ފަދަ ނުރައްކާތަކާ ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ. ޒުވާރި އަކީ ވިޓަމިން ސީ، ކެރޮޓިނޮއިޑް، އަދި ބަޔޯފްލެވިނޮއިޑް ތަކުން މުއްސަދި ބާވަތެކެވެ. މިމާއްދާތަކަކީ ހަށިގަނޑުގައި ސަރުބީގެ މިންވަރު ކޮންޓްރޯލްކޮށްދީ، ލޭދައުރުވުން ރަގަޅުކޮށްދީ، ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ މާއްދާ ތަކެކެވެ. ޒުވާރި ތެލަކީ ވެސް ސަރުބީ ހަށިގަނޑަށް ނެގުން ކުޑަކޮށްދީ، ލޭހޮޅިތަކުގައި ސަރުބީ ޖަމާވުން ކުޑަކޮށްދީ، ފްރީރެޑިކަލް ތަކުން ހަށިގަނޑަށް ލިބޭ ގެއްލުންތައް ކުޑަކުރުމުގައި އެހީތެރިވެދޭނެ ބާވަތެކެވެ.


ބަރުދަން އިތުރުވުން : ޒުވާރިއަކީ ހަށިގަނޑުގެ ބަރުދަން އިތުރުކުރުމަށް ކެވިދާނެ ރަގަޅު ބާވަތެކެވެ. އެހެނީ ޒުވާރީގައި ކާބޯހައިޑްރޭޓް ގިނައިން ހުރުމާއި، ހަކަތަ ގިނައިން ލިއްބައިދިނުމަކީ ޒުވާރިކެއުމުން ބަރުދަން އިތުރުވުމަށް އެހީތެރިވެދޭނެ ކަންކަމެވެ. އެއް ޖޯޑު ޒުވާރީގައި 130 ކިލޯކެލޮރީގެ ހަކަތަ އެކުލެވިގެން ވެއެވެ. 

ލޭމައްޗަށްދިއުމާއި ހަކުރު ބަލި ކޮންޓްރޯލްކޮށްދިނުން : ގަވާއިދުން ޒުވާރި ކެއުމަކީ ބޮޑެތި މީހުންނަށް ޖެހޭ ހަކުރު ބަލި، އަދި ލޭމައްޗަށްދިއުން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ކަމެކެވެ. މިކަމަށް އެހީތެރިވެދެނީ ޒުވާރީގައި ހިމެނޭ ފީނޮލިކް ފައިޓޯކެމިކަލްތަކެވެ. ފައިޓޯކެމިކަލް ތަކަކީ ހަށިގަނޑަށް އިންސޫލިން ނެގުމާއި، ބޭނުންޖެހޭހިނދު އިންސޫލިން ދޫކުރުން ތަންޒީމުކޮށްދޭ މާއްދާ ތަކެކެވެ. މާނައަކީ އިރުއިރުކޮޅާ ހަކުރު މަތިވެ، ދަށްވުމުގެ ފުރުޞަތު ކުޑަކޮށްދޭ މާއްދާ ތަކެކެވެ. މިއީ ހަކުރު ބަލީގެ މީހުންނަށް ޒުވާރި ކެއުމުން މަންފާ ލިބިދޭނެ ކަމެކެވެ. މީގެ އިތުރުން ޒުވާރިއަކީ ޕެންޓޯތެނިކް އެސިޑްގެ ރަގަޅު މަޞްދަރެކެވެ. ޕެންޓޯތެނިކް އެސިޑަކީ ކާބޯހައިޑްރޭޓް، ލިޕިޑް އަދި ޕްރޮޓީން މެޓަބޮލިޒަމްގައި އެހީތެރިވެދޭ މާއްދާ އެކެވެ. 

ކަނެކްޓިވް ޓިޝޫތައް ވަރުގަދަކުރުން : ހަށިގަނޑުގައި ހިމެނޭ ކަނެޓިވް ޓިޝޫތަކުގެ (ގުޅުވާދޭ ސެލޯށިތައް) ތެރޭގައި ކަށިތައް، މަޑުކަށިތައް، މަސްތައް، ޓެންޑަންތައް، އަދި ލިގަމެންޓްތައް ހިމެނެއެވެ. ޒުވާރީގައި މެންގަނީޒް ގިނައަދަދަކަށް ހުރުމަކީ މިދެންނެވި ކަނެކްޓިވް ޓިޝޫތައް ވަރުގަދަކޮށްދިނުމަށް ޒުވާރިކެއުން އެހީއަކަށްވާނޭ ކަމެކެވެ. މީގެ އިތުރުން މެންގަނީޒް އަކީ ލޭގައި ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދީ، ހަކަތަ ފޯރުކޮށްދިނުމަށްޓަކައި، ކާބޯހައިޑްރޭޓް އާއި، ސަރުބީތައް ބައިބައިކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. މީގެ އިތުރުން ކަށިތަކުގެ ދުޅަހެޔޮކަމަށް ބޭނުންވާ، ފޮސްފަރަސް، ކޮޕަރ، ދަގަނޑު، އަދި މެގްނީޒިއަމް ޒުވާރީގައި ހުރެއެވެ. މިމައުދަންތަކަކީ އުމުރުން ދުވަސްވުމުން ކަށިތައް ފީވުމާއި، ކަށިތަކުގެ ރެނދުލައި، ބިދުން ފަދަ ކަންތައްތަކުން ދުރުވެ ހުރުމަށް އެހީތެރިވެދޭނެ މާއްދާ ތަކެކެވެ. 

ލޮލުގެ ފެނުން ރަގަޅުކޮށްދިނުން : ޒުވާރީގައި ތަފާތު ކެރޮޓިނޮއިޑް ތައް ހުރުމަކީ ޒުވާރި ކެއުމުން އުމުރުން ދުވަސްވުމުން ދިމާވާ "މެކިޔުލާ ޑިޖެނެރޭޝަން" ގެ މައްސަލަ ކުޑަކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ޒުވާރީގައި ބީޓާ ކެރޮޓީން ހުރެއެވެ. ބީޓާ ކެރޮޓީން އަކީ ވިޓަމިން އޭ އުފެއްދުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. ވިޓަމިން އޭ އަކީ ލޮލުގެ ފެނުން ރަގަޅުކޮށްދީ ލޮލުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ މާއްދާ އެކެވެ. 

ކެންސަރުން ރައްކާތެރިކޮށްދިނުން : ދިރާސާކުރާފަރާތްތަކުން ސާބިތުކޮށްދީފައިވާ ގޮތުގައި ޒުވާރީގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކަކީ ކެންސަރު ޖައްސަނިވި ފްރީރެޑިކަލްތައް ހަށިގަނޑުން ނައްތާލުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ. މީގެ އިތުރުން ގޮވާމުގެ މިބާވަތަކީ ފީނޯލިކް ކަމްޕައުންޑް "ފެރޫލިކް އެސިޑް"ގެ ރަގަޅު މަޞްދަރެކެވެ. ފެރޫލިކް އެސިޑަކީ އުރަމަތީގެ ކެންސަރާއި، ފުރަމޭގެ ކެންސަރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ މާއްދާ އެކެވެ. 

މާބަނޑު ދުވަސްވަރު ބޭނުންކުރުމުގެ ފައިދާ : ޒުވާރިއަކީ ފޮލިކް އެސިޑް ގިނައިން ހުރުމަކީ މާބަނޑު އަންހެނުން ޒުވާރި ބޭނުންކުރުމުން މަންފާ ލިބިދޭނެ ކަމެކެވެ. ފޮލިކް އެސިޑް މަދުވުމަކީ އުފަންވާއިރު ބަރުދަން ލުއިވުން، އަދި އުފަންވާއިރު ހަށިގަނޑުގައި ޢައިބުހުރުން ފަދަ ކަންތައްތައް މެދުވެރިވާނެ ކަމެކެވެ. 

ހިތުގެ ދުޅަހެޔޮކަމަށް ލިބިދޭ ފައިދާ : ޒުވާރި ތެލަކީ ލޭހޮޅިތަކުގެ ތެރޭގައި ކޮލެސްޓްރޯލް ކޮބަނޑިގަނޑެއްގެ ސިފަޔަށް ހަރުލުން ކުޑަކޮށްދޭ އެއްޗެކެވެ. އެހެންކަމުން މިއީ ހިތާއި ލޭހޮޅިތަކާއި ގުޅުންހުރި (ހާޓް އެޓޭކް، ސްޓްރޯކް) ބަލިތަކުން ރައްކާތެރިވެ ހުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ޒުވާރި ތެލަކީ އޮމެގާ-3-ފެޓީ އެސިޑްތަކުގެ އެހީގައި ހަށިގަނޑުން ނުރަގަޅު ސަރުބީތައް މަދުކޮށް ބޭރުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. މިހެންވުމުން ލޭހޮޅިތަކުގައި ގަނޑުލޭކޮޅު އުފެދުން ކުޑަކޮށްދީ، ލޭގެ ޕްރެޝަރު ދަށްކޮށްދީ، ހާޓް އެޓޭކް ޖެހުމާއި، ސްޓްރޯކް ޖެހުމުގެ ފުރުޞަތު ކުޑަކޮށްދެއެވެ. 

އަލްޒައިމާ ބަލިން ރައްކާތެރިކޮށްދިނުން : ޒުވާރި އަކީ ތައިމިން އިން މުއްސަދި ކާނާގެ ބާވަތެކެވެ. ތައިމިން އަކީ ސިކުނޑީގެ މަސައްކަތްތައް ފުރިހަމަކުރުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ. މީގެ އިތުރުން ސިކުނޑީގައި ހަދާނުގެ ބައިގެ މަސައްކަތުގައި ބައިވެރިވާ ނިއުރޯޓްރާންސްމިޓަރެއް ކަމުގައިވާ އެސީޓައިލްކޯލިން އުފެއްދުމުގައި ވެސް ތައިމިން ބައިވެރި ވެއެވެ. އެސީޓައިލްކޯލިން މަދުވުމަކީ އުމުރުން ދުވަސްވުމުން ހަދާން ނެތުމާއި، އަލްޒައިމާ ބަލި ޖެހުމަށް މަގުފަހިވާނެ ކަމެކެވެ. 

ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވުން : ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވެދޭ ވިޓަމިން އޭ އުފެއްދުމުގައި ބައިވެރިވާ ބީޓާ ކެރޮޓީން ވަރަށް ގިނައިން ޒުވާރީގައި ހުރެއެވެ. އިރުގެ އަލިން ހަމަށް ލިބޭ ގެއްލުންކުޑަކޮށްދީ، ހަމުގެ ދުޅަހެޔޮކަމަށް ބޭނުންވާ ކޮލަޖަން އުފެއްދުން އިތުރުކޮށްދޭ ވިޓަމިން ސީ އަދި ލައިކޯޕީން ވެސް ޒުވާރީގައި ހުރެއެވެ. ހަމުގައި ނަގާ ބިހިތަކާއި، ހަމުގައި ކަހައި ހިރުވުން ކުޑަކުރުމަށް ޒުވާރިފުށް ވެސް ބޭނުންކުރެވިދާނެ އެވެ. 

އިސްތަށީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވުން : އިސްތަށީގެ ދުޅަހެޔޮކަމަށް ބޭނުންވާ ކޮލަޖަން އުފެއްދުން އިތުރުކޮށްދޭ ވިޓަމިން ސީ އަދި ލައިކޯޕީން ވެސް ޒުވާރީގައި ހުރެއެވެ. ކޮންމެ ދުވަހަކު ޒުވާރި ޖޯޑެއް ބޭނުންކުރުމަކީ އިސްތަށިގަނޑު ވަރުގަދަވާނެ ކަމެކެވެ. ޒުވާރި ތެލަކީ އިސްތަށިގަނޑަށް އޮފުދާރުކަމާ، ވިދުން ގެނެސްދޭނެ އެއްޗެކެވެ. ޒުވާރި ތެލަކީ އިސްތަށިގަނޑު ހިކުމާއި، އިސްތަށި ފޭބުން ކުޑަކޮށްދޭ އެއްޗެކެވެ. 

މައުލޫމާތު :

No comments:

Post a Comment