Wednesday, May 27, 2015

ގޮދަން

ގޮދަން
ގޮދަނަކީ އޮށްޓަރު ގޮވާމުގެ ބާވަތެކެވެ.އޮއްޓަރު ގޮވާމުގެ ބާވަތެކެވެ. ގޮދަން އާންމުކޮށް ހެދެނީ ހޫނުހިސާބުތަކުގައެވެ. އެންމެ ފުރަތަމަ ގޮދަން ހެދުނީ ފާރިސް ކަރައިގައެވެ. ގޮދަން ފުށް ހަދަނީ ގޮދަން މުގުރައިގެންނެވެ. ގޮދަން ފުށަކީ ދިވެހިންގެކެއުމުގައި ތަފާތު ކާތަކެތި ތައްޔާރު ކުރުމަށް ބޭނުން ކުރެވޭ އެއްޗެކެވެ. ގޮދަނުގެ ތަފާތު އެތައް ވައްތަރުތަކެއް ހުންނަކަން ފާހަގަ ކުރެވެއެވެ. ގޮދަނުގައި ޕްރޮޓީން، ފެޓް، އަދި ކާބޯހައިޑްރޭޓް، ދަގަނޑު، އަދި ފައިބަރުގިނަ އަދަދަކަށް އެކުލެވިގެން ވެއެވެ.
ދިވެހި ނަން : ގޮދަން
އިގިރޭސި ނަން : Wheat
ޢިލްމީ ނަން : Tritricumspp
ގޮދަނުގެ ކޮންމެ 100 ގުރާމުގައި
ހަކަތަ
327ކިލޯކެލަރީ
ކާބޯހައިޑްރޭޓް
71 ގްރާމް
ޕްރޮޓީން
12.6 ގްރާމް
ފެޓް
1.54 ގްރާމް
ފައިބަރު
12.2ގްރާމް
ނިއެސިން
5.46 މިލިގްރާމް
ރައިބޯފްލޭވިން
0.12 މިލިގްރާމް
ތިއެމިން
0.30 މިލިގްރާމް
ޕެންތޯނިކް އެސިޑް
0.95 މިލިގްރާމް
ޕައިރިޑޮކްސިން
0.3 މިލިގްރާމް
ފޮލިކް އެސިޑް
38 މައިކްރޯގްރާމް
ވިޓަމިން އޭ
9 އައިޔޫ
ވިޓަމިން އީ
1.01 މިލިގްރާމް
ވިޓަމިން ކޭ
1.9 މައިކްރޯގްރާމް
ސޯޑިއަމް
2 މިލިގްރާމް
ޕޮޓޭސިއަމް
363 މިލިގްރާމް
ކެލްސިއަމް
29 މިލިގްރާމް
ދަގަނޑު
3.19 މިލިގްރާމް
މެގްނީޒިއަމް
126 މިލިގްރާމް
ފޮސްފަރަސް
288 މިލިގްރާމް
ޒިންކު
2.65 މިލިގްރާމް
ކޮޕަރ
0.43 މިލިގްރާމް
މެންގަނީޒް
3.99 މިލިގްރާމް
ސިލެނިއަމް
70.7 މައިކްރޯގްރާމް
ބީޓާ ކެރޮޓީން
5 މައިކްރޯގްރާމް
ލޫޓިން +ޒިއެޒެންތިން
220 މައިކްރޯގްރާމް

ގޮދަނުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
ހަށިގަނޑުގެ ބަރުދަން ކޮންޓްރޯލްކުރުން : ގޮދަނަކީ ހަށިގަނޑުގެ ބަރުދަން ކޮންޓްރޯލް ކުރުމުގެ ބާރު ތަބީޢީ ގޮތުން ލިބިފައިވާ ގޮވާމުގެ ބާވަތެކެވެ. އެމެރިކާގައި ހަދާފައިވާ ދިރާސާއަކުން ފާހަގަވެފައިވާ ގޮތުގައި ގޮދަނަކީ އާދަޔާ ޚިލާފަށް ފަލަމީހުން (ޚާއްޞަކޮށް ފަލަކޮށް ތިބޭ އަންހެނުން) ބޭނުން ކުރަން ވަރަށް ރަގަޅު ބާވަތެކެވެ. އަންހެނުން ދިގުމުއްދަތަކަށް ގޮދަން ބޭނުންކުރުމަކީ ހަށިގަނޑުގެ ބަރުދަން ކޮންޓްރޯލްކޮށްދީ، އާދަޔާ ޚިލާފަށް ހަށިގަނޑު ބަރުހެލިވެ، ފަލަވުމުން ދުރުކޮށްދޭނެ ކަމެކެވެ. 

ހަށިގަނޑުގެ މެޓަބޮލިޒަމް ރަގަޅުކޮށްދިނުން : ސެޗިޔުރޭޓެޑް އަދި ޓްރާންސް ފެޓް އަކީ ހިތާއި ލޭހޮޅިތަކަށް ޖެހޭ ބަލިތައް ކުރިމަތިވުމުގެ ފުރުޞަތު އިތުރުކުރާ ބާވަތްތަކެކެވެ. އޮމެގާ-3-ފެޓީ އެސިޑް އަކީ މިދެންނެވި ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކުރާ މާއްދާ އެކެވެ. މެޓަބޮލިކް ސިންޑްރޯމް ތަކުގެ ތެރޭގައި އާދަޔާ ޚިލާފަށް ފަލަވުން، ލޭގައި ޓްރައިގްލައިސިރައިޑް މަތިވުން، ރަގަޅު ކޮލެސްޓްރޯލް މަދުވުން، ނުރަގަޅު ކޮލެސްޓްރޯލް މަތިވުން ފަދަ ކަންތައްތައް ހިމެނެއެވެ. ގޮދަނަކީ މިހުރިހާ ހާލަތްތަކަކުން އަރައިގަތުމަށް އެހީތެރިވެދޭ ބާވަތެކެވެ. ގޮދަނަކީ ފައިބަރު ގިނަ ބާވަތަކަށްވުމުން، ގޮދަން ބޭނުންކުރުމުން، ހަޖަމުކުރުމާއި، ހަށިގަނޑުގައި ހިންގާ މެޓަބޮލިޒަމްގެ މަސައްކަތް ހަލުވިކޮށް ރަގަޅުކޮށް ދެއެވެ. މެޓަބޮލިކް ސިންޑްރޯމްގެ މައްސަލަ އެންމެ ފަސޭހައިން، އެންމެ އަވަހަށް ހައްލުކުރެވޭނެ ގޮތަކީ ހުސް ގޮދަން ހިމެނޭ ކެއުމެއް ޚިޔާރު ކުރުމެވެ. 

ހަކުރު ބަލިން ރައްކާތެރިކޮށްދިނުން : ގޮދަނަކީ މެގްނީޒިއަމް އިން މުއްސަދި ބާވަތެކެވެ. މެގްނީޒިއަމް އަކީ ހަށިގަނޑުގައި 300 އަށްވުރެ ގިނަ އެންޒައިމްގެ ކޯފެކްޓަރ އެއްގެ ގޮތުގައި މަސައްކަތްކުރާ މައުދަނެކެވެ. މިއެންޒައިމް ތަކުގެ ތެރޭގައި ހަށގަނޑުގައި އިންސިއުލިން މަސައްކަތްކުރުމާއި، ގުލްކޯޒު ދޫކުރުމުގައި ބައިވެރިވާ އެންޒައިމްތައް ހިމެނެއެވެ. އެހެންކަމުން ގަވާއިދުން ގޮދަން ހިމެނޭ ކާނާ ބޭނުންކުރުމަކީ ލޭގެ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ. ހަކުރު ބަލި ހުންނަ މީހުންނަށް ކެއުމުގައި ބަތުގެ ބަދަލުގައި (ހަނޑުލުގެ ބަދަލުގައި) ގޮދަން ހިމެނުމުން ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްގައި ބެހެއްޓުމަށް އެހީތެރިވެދެއެވެ. 


ދުޅަތައް ތިރިކޮށްދިނުން : ގޮދަން ބޭނުންކުރުމުން ދުޅަތައް ތިރިކޮށްދެނީ އޭގައި ހިމެނޭ "ބީޓެއިން" ކިޔާ މާއްދާ އެއްގެ ސަބަބުންނެވެ. ބީޓެއިން އެކުލެވޭ އެހެނިހެން ކާބޯތަކެތީގެ ތެރޭގައި ބީޓުރޫޓު، އަދި ބޯވެލިފަތް ހިމެނެއެވެ. ރާއްޖެ ބަލި ފަދަ ހުޅުދުޅަވުމުގެ ވައްތަރުތަކުގެ މައި އަސާސަކީ ދުޅަވުމެވެ. އެހެންކަމުން ދުޅަތައް ތިރިކުރުމަށް، ގަވާއިދުން ގޮދަނުގެ އުފެއްދުންތައް ބޭނުންކުރެވިދާނެ އެވެ. ބީޓެއިން އަކީ ދުޅަތައް ތިރިކުރުމަށް އެހީތެރިވުމުގެ އިތުރުން، ހިތުގެ ބަލިތަކާއި، ކަށިފީވުން، ހަކުރު ބަލި، އަދި އަލްޒައިމާ ބަލީގެ އުދަނގޫތައް ކުޑަކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. 

ފިތުހިލަ އިން ރައްކާތެރިކޮށްދިނުން : އެމެރިކާގައި ހަދާފައިވާ ބައެއް ދިރާސާތަކުން އެނގިފައިވާ ގޮތުގައި ހަމައެކަނި ގޮދަނުން ތައްޔާރުކޮށްފައި ހުންނަ ޕާނާއި، ސީރިއަލް ބޭނުންކުރުމަކީ އަންހެނުންނަށް ފިތުހިލައިން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެކެވެ. ގޮދަނުގައި ފެނަށްގިރޭ ފައިބަރު ހުރުމުގެ ސަބަބުން ގޮދަން ބޭނުންކުރުމުން ބައިލް އެސިޑް ދޫކުރުން ދަށްކޮށްދެއެވެ. ފިތުހިލަ އުފެދެން ދިމާވާ މައިގަނޑު ސަބަބަކީ ބައިލް އެސިޑް ދޫކުރުން އިތުރުވުމެވެ. މީގެ އިތުރުން ގޮދަން ގިނައިން ބޭނުންކުރުމަކީ ލޭގައި ޓްރައިގްލައިސެރައިޑްގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ. 

ކެންސަރުން ރައްކާތެރިކޮށްދިނުން : އިގިރޭސި ވިލާތުގައި ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި ފައިބަރުން މުއްސަދި ކާނާ ބޭނުންކުރުމަކީ އަންހެނުންނަށް އުރަމަތީގެ ކެންސަރު ޖެހުން ދުރުކޮށްދޭނެ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި އުރަމަތީގެ ކެންސަރުން ރައްކާތެރިވުމަށް ދުވާލަކު 30 ގުރާމްގެ ގޮދަން ބޭނުންކުރުމުން ފުދެއެވެ. އިއްދައިން ކެނޑޭ އުމުރަށް އަޅާފައިވާ އަންހެނުންގެ ތެރެއިން ގޮދަން ބޭނުންކުރާ އަންހެނުންނަށް އުރަމަތީގެ ކެންސަރުގެ ޖެހުމުގެ ފުރުޞަތު، ގޮދަން ބޭނުންނުކުރާ މީހުންނަށްވުރެ، %41 ކުޑަކަމަށް ރިޕޯޓްތަކުން ދައްކައެވެ. ގޮދަނުގައި ހުންނަ ލިގްނަން "އެންޓީރޯލެކްޓޯން" އަކީ ވެސް އުރަމަތީގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. ގޮދަނަކީ ބައިލް އެސިޑް ދޫކުރުން ދަށްކޮށްދޭ ބާވަތެކެވެ. ބައިލް އެސިޑް ދޫކުރުން ދަށްވުމަކީ ގޮހޮރުގެ ކެންސަރުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. 

ޅަފަތުގައި ދިމާވާ ނޭވާހިއްލުމުން ދުރުކޮށްދިނުން : ދިރާސާތަކުން ދައްކާގޮތުގައި ގޮދަނާއި، މަސް އެކުލެވޭ ކެއުމެއް ޚިޔާރުކުރުމަކީ ޅަފަތުގައި ދިމާވާ ނޭވާހިއްލުމުގެ މައްސަލައިން ދުރުކޮށްދޭނެ ކަމެކެވެ. ބައިނަލް އަގުވާމީ ފެންވަރެއްގައި ކުޑަކުދިންނަށް ކުރިމަތިވާ ނޭވާހިއްލުމާއި، އެލާރޖީއަށް އަމާޒުކޮށްގެން ހަދާފައިވާ ދިރާސާއަކުން އެނގުނު ގޮތުގައި ގޮދަނަށް ބަރޯސާވެފައިވާ ކެއުމެއް ޚިޔާރުކުރުމަކީ ޅަފަތުގައި ދިމާވާ ނޭވާހިއްލުން ކުރިމަތިވުމުގެ ފުރުޞަތު %50 ދަށްކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ގޮދަނުގައި ހިމެނޭ މެގްނީޒިއަމް އަދި ވިޓަމިން އީ އަކީ ވެސް ނޭވާހިއްލުމުގެ މައްސަލަ ލުއިކުރުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. ނަމަވެސް ހަދާން ބަހައްޓަންވީ ބައެއް ފަހަރު ބައެއް މީހުންނަށް ގޮދަން ބޭނުންކުރުމުން ނޭވާހިއްލުމުގެ އުދަނގޫ އިތުރަށް ގޯސްވެދާނެ ކަމެވެ. 

ހިތުގެ ބަލިތަކާއި، ހާރޓް އެޓޭކް ޖެހުމުން ރައްކާތެރިކޮށްދިނުން : ގޮދަނާއި، ގޮދަނުގެ އުފެއްދުންތަކަކީ ފައިބަރުން މުއްސަދި ބާވަތްތަކެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ކާނާގައި ހިމެނޭ ފައިބަރަކީ ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. ކޮންމެ ދުވަހަކު ހެދުނު ގޮދަނުން ތައްޔާރުކޮށްފައި ސީރިއަލް ބޭނުންކުރުމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދީ، ހާރޓް އެޓޭކް ޖެހުން ކުޑަކޮށްދޭނެ ކަމެއްކަމަށް ބެލެވެއެވެ. ގޮދަން އެކުލެވޭ ކެއުން ޚިޔާރުކުރުމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދީ، ލޭގައި ސަރުބީ އިތުރުވުން ކުޑަކޮށްދޭނެ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ގޮދަނަކީ ލޭހޮޅިތަކުގައި ގަނޑުލޭކޮޅު އުފެދުމުގެ ފުރުޞަތު ކުޑަކޮށްދީ، ހާރޓް އެޓޭކް ޖެހުމާއި، ސްޓްރޯކް ޖެހުން ފަދަ ކަންތައްތަކުން ދުރުކޮށްދޭނެ ކަމެކެވެ. ގޮދަނުގައި ހުންނަ އެންޓީރޯލެކްޓޯން ކިޔާ ލިގްނަން އެއްގެ ސަބަބުން ހިތުގެ ބަލިތަކުން ދުރުކޮށްދޭކަމަށް ދިރާސާތަކުން ދައްކައެވެ. ގޮދަނުގައި ހިމެނޭ ގަސްގަހާގެހީގައި ހުންނަ ލިގްނަން އިންސާނުންނާއި،ޖަނަވާރުގައި ހުންނަ ލިގްނަން އަށް ބަދަލުވަނީ ހަށިގަނޑުގައި ހުންނަ ހަށިގަނޑަށް ފައިދާ ކުރަނިވި ބެކްޓީރިޔާތަކުގެ އެހީގައެވެ. 

މައުލޫމާތު :

No comments:

Post a Comment